ހުޅުމާލެ ފޭސް 3އިން، ރޯވ ހައުސް ފްލެޓްތަކަށް އޮންލައިންކޮށް އެދުމާއި ގުޅޭ ގޮތުން ކަމަށް ބުނެ، މީހުންގެ އަތުން އޮޅުވާލައިން ފައިސާ ހޯދުމުގެ މަސައްކަތް ބަޔަކު ކުރަމުން އަންނަކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

Ads by Asuru

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް ބޭނުންނަމަަ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަމްބަރ، އުމުރު އަދި ގުޅޭނެ ފޯނު ނަމްބަރ ޖެހުމަށްފަހު މެސެޖު ކުރުމަށް، މިހާރު ފޮނުވަން ފަށާފައިވާ ސްކޭމް މެސެޖުތަކެއްގައި އެދޭ ކަމަށެވެ.

އަދި ރަޖިސްޓަރ ކުރުމަށްފަހު ލިބިފައިވާ ތަރުތީބު ނަމްބަރ 969 ގެ ނަމްބަރަކުން މެސެޖު ކުރާނެ ކަމަށް ބުނާ ކަމަށް ފުލުހުން ބުނެފައި ވާއިރު، މިއީ މަކަރާއި ހީލަތުގެ މެސެޖުތަކެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ވަނީ ރައްޔިތުން މިކަމަށް ސަމާލުވާންވެސް އެދިފައެވެ.