ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ ެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ރައީސް ސޯލިހު މިރޭ ކ.އާރަށުގައި ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު އެމެރިކާގައި ހުންނެވި ރައީސް ނަޝީދު ވަނީ އެ ދުވަހު މާލޭގައި ހުންނެވި ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ގްރޫޕަށް ފޮނުއްވި އިތުރު މެސެޖެއްގައި ނަޝީދު ވަނީ ރައީސް ސޯލިހު އެމަނިކުފާނާއި ވާހަކަ ދައްކަވާ ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

”ރައީސް އަޅުގަނޑާ ވާހަކަ ދައްކަވާ އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން.“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ވަރަށް އަރިސް ދެބޭފުޅުން ކަމުގައިވިޔަސް، އެ ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވަނީ ސިޔާސީ ވާދަވެރި ކަމުގެ ސަބަބުންނެވެ. އެގޮތުން ދެބޭފުޅުންވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަައްވަން ބޭނުންފުޅުވެއެވެ.