ދިވެހިން ތަފާތު ކެއުންތައް ތައްޔާރު ކުރުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެއް ކަމުގައިވާ ރާނބާފަތުގައި ސިއްހީ ގިނަ ފައިދާތަކެއް ހިމެނެއެވެ. މިގޮތުން މި ފަތް ބޭނުންކޮށްގެން ތައްޔާރު ކުރާ ޖޫހަކީވެސް ވަރަށް ފައިދާ ހުރި އެއްޗެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.

Ads by Asuru

ރާނބާ ފަތުގެ ޖޫސް ތައްޔާރު ކުރުމަށް، ފެން އެއްޗަކަށް އޭގެ ފަތް ކޮޅެއް (ރަހަ ލާ ވަރަށް ) އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ. އެގޮތުން ފަތުގައި ހުންނަ ތެޔޮތައް ނުކުންނަން ދެން، 10 ވަރަކަށް މިނެޓު ގަދަ ގިނީގައި ކައްކާލާށެވެ.

ދިހަ މިނެޓު ހަމަވުމުން އަނެއްކާ ވެސް މަޑު ގިނީގައި ދިހަ މިނެޓު ވަންދެން ކައްކާލާށެވެ. ޖުމްލަ 20 މިނެޓު ކެއްކުމަށް ފަހު ފަތްތައް ނަގާށެވެ. އަދި އެއަށް ފަހު ފެންކޮޅު ހިހޫ ކުރަން ބަހައްޓާށެވެ. ފެންކޮޅު ހިހޫ ވުމުން، ފުޅި އަކަށް އަޅާ ފުރިޖަށް ލާށެވެ.

ރާނބާފަތުން ތައްޔާރުކުރާ ޖޫސް، މިކަންކަމަށް ބޭނުން ކުރެވޭނެއެވެ.

ފާހާނާ ކުރުމަށް ދަތިވާ ނަމަ:

ފާހާނާ ކުރުމަށް ދަތިވާ ނަމަ ރާނބާ ޖޫސް އެކަމަށް ހައްލެއް ހޯދައި ދޭނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އަދި ރޭގަނޑު ވެސް ރާނބާ ޖޫސް ބޭނުން ކުރާށެވެ.

ހަޖަމް ކުރުމުގެ މައްސަލަތަކަށް:

ހަޖަމް ކުރުމުގައި މައްސަލަ ޖެހި ބަނޑުގައި ރިއްސާ މީހުން ވެސް ވަކި މަދެއް ނޫނެވެ. ރާނބާ ޖޫހަކީ އެކަމަށް ވެސް އޮތް ހައްލެކެވެ.

ކާ ހިތް ނުވާ މީހުންނަށް:

ބަލިވެ އުޅޭ އިރު ކެއުމާ ދުރުވުން ނުވަތަ ކާ ހިތް ނުވުމަކީ ބައެއް ފަރާތްތަކުން ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންވުމުން ބަލިން ފަސޭހަ ވުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އެފަދަ ފަރާތްތަކުން ވެސް ރާނބާ ފަތް ޖޫސް ބުއިން ވަރަށް މުހިއްމެވެ. އެ ޖޫސް ބުއިމުން ކާހިތްވެ ކެއުމާ ގަޔާވާނެއެވެ.