ނައިޖީރިއާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 603 އަށް އަރައިފިއެވެ.

Ads by Asuru

އެގައުމުގައި، ފެންބޮޑުވުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް، އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނައިޖީރިއާގެ 36 ސްޓޭޓްގެ ތެރެއިން 33 ސްޓޭޓެއްގެ ރައްޔިތުންނަށް އަސަރުކޮށްފައިވާ މި ކާރިސާގައި މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ހިއުމެނިޓޭރިއަން އެފެއާޒް މިނިސްޓްރީން ހާމަކުރެއެވެ.

3400 އަކަ ކިލޯމީޓަރު (1300 އަކަ މޭލު) ގެ ބިމެއް ފެންބޮޑުވެ، ކާބޯތަކެތީގެ ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ނައިޖީރިއާގެ ހުޅަނގު އުތުރު އަދި މެދުތެރޭގެ ސަރަޙައްދުތަކުގައި މިހާރުވެސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެޤައުމުން ކައިއުޅޭ ގިނަ ތަކެތި އުފައްދާ ސަރަޙައްދުތަކުގެ އުފެއްދުންތެރިކަމަށް ވަނީ ނުރައްކާވެފައެވެ.

ނައިޖީރިއާގައި ހިނގަމުން އަންނަ ފެންބޮޑުވުމުގެ ހާދިސާތަކުގެ ތެރެއިން—

އެގައުމުގެ ރައީސް މުހައްމަދު ބުހާރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ”އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތް ކުރުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް“ އަންގަވާފައިވާ ކަމަށެވެ.

ނައިޖީރިއާގައި ކޮންމެ އަހަރަކު ވެސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގައެވެ. ހާއްސަކޮށް އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ފެންބޮޑުވާ މިންވަރު އިތުރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިއަހަރުގެ ފެންބޮޑުވުމަކީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ އެންމެ ނުރައްކާ ފެންބޮޑުވުމެވެ.