ގައުމީ އެއާލައިން މޯލްޑިވިއަނުން، ށ.ފުނަދޫއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފިއެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން، ހަފްތާއަކު ހަތަރު ދަތުރު ފުނަދޫއަށް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިގޮތުން، ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގައި މޯލްޑިވިއަނުން އެ ރަށަށް ދަތުރު ކުރާނެއެވެ.
މީގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއާޕޯޓަށް ދަތުރުކުރަމުން ދިޔައީ ހަފްތާއަކު 3 ފަހަރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގައެވެ.

ށ.ފުނަދޫ އެއާޕޯޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.