މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު، މިކަން ހާމަކުރައްވައި އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުފްތީ މެންކް އިސްލާމިކް މަރުކަޒުގައި ހުކުރު ކުރައްވަނީ މިމަހުގެ 28 ވަނަ ދުވަސްވާ ހުކުރު ދުވަހު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މާލެ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގައެވެ. އެފަހަރުގެ ދަތުރުފުޅުގައި މާލެ އާއި އައްޑޫގެ އިތުރުން ދެން ދަރުސް ދެއްވީ ކުޅުދުއްފުށި ސިޓީގައެވެ.