މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެކަމާ ގުޅޭ ގޮތުން އޭނާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު ރާއްޖޭގައި އާންމުވެފައިވާ ކަމަށާއި ބިލު ހުށަހެޅީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެފައިވާ ކަމަށާއި، މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާތަކުގެ މިސްކިތްތައްކަށް ގެއްލުން ދިނުމުގެ އިތުރަށް މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

