މިރޭ ދަންވަރުގެ ވަގުތުތަކުގައި، ގައުމީ ބޭންކު، ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ads by Asuru

ބީއެމްއެލް އިން ބުނީ މިރޭ ދަންވަރު 1:30 – 5:30އާ ދެމެދު ޑިޒާސްޓާ ރިކަވަރީ ޑްރިލްއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ މި ވަގުތުތަކުގައި ބޭންކުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިން އާއި ބީއެމްއެލްގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ އަދި ޔޫއެސްޑީ ބުކިން ޕޯޓަލް އެވަގުތު ތަކުގައި ބޭނުން ކުރުމުގައި ބުރޫ އަރާފާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް އުނދަގޫވުން ކުޑަކުރުމަށްޓަކައި ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި، އެ ބޭންކުން ވަނީ މާފަށްވެސް އެދިފައެވެ.