ހަށިވިއްކި މައްސަލައެއްގައި ދެ މީހަކު ގދ. ތިނަދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިނަދޫގައި ފައިސާއަށް ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުކުރު ދުވަހުގެ ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލޭންޑްގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ. އަދި އަންހެން މީހާ ހަތަރު ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

