2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ހުރިހާ ރަށަކަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރައީސް ޔާމީންގެ ދަތުރުފުޅުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ޔާމީން ރައްޔިތުންގެ ހާލު ގާތުން ބައްލަވާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ކެމްޕެއިން ދަތުރުފުޅުތައް ކުރައްވަމުންނެވެެ. އެގޮތުން އެމަނިކުފާނު މި ފެށޭ ހަފްތާގައި، ނ.އަތޮޅަށް ވަޑައިގަންނަވާނެއެވެ.