ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިއަދު އެޗްޑީސީން ބުނެފިއެވެ.
ރަސްމާލެ މަޝްރޫއުއަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަވާ އެންމެ ބިޔަ މަޝްރޫއެވެ.

ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު، 2023 ގައެވެ.
އެޗްޑީސީން ބުނީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއިއެކު ކުރިއަށް ކަމަށެވެ.

ދާދި ފަހުން ރައީސް ޑރ. މުހައްމަދު ވަނީ ރަސްމާލެއިން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މުޅި މަޝްރޫއު ނިމޭއިރު، ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

