ގަވައިދާ ހިލާފަށް މާލޭގައި ހިންގަމުންދިޔަ 10 ސެލޫނެއް ފާސްކޮށް، އޭގެތެރެއިން ތިން ތަނެއް ބަންދުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެެވެ.

އަދި ބަލައި ފާސް ކުރުމުގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގަމުންދާ ތިން ތަނެއް ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.