ހދ. ހަނިމާދޫގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
ރޭ ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށި އިރު، އެ ރަށަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮތް ތަނެކެވެ.
މުޅި ރާއްޖެއަށް ޕާސްޕޯޓް ހިދުމަތް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ހިދުމަތް ދޭން ފަށާފައިވެއެވެ.
މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ހިދުމަތް އަންނަނީ ދެމުންނެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 16 ގައެވެ.

