މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި އިންޑިއާގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 15 ގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޓިނޯ ގަނެސަން، 27، އާއި އަރުޖުން ކުއްޕަން، 2، ގެ އިތުރުން އަނީޝް ޕުޝްޕަކަރަން، 33 އެވެ.
ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ އިރު އެ އެޕާޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވެއެވެ.
އަދި މަސްތުވާތަކެ ތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިން މީހުން ވެސް ޑީޕޯޓް ކުރުމަށްޓަކައި މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

