ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، އެ ބައްޔާއިމެދު ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމާއި، މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ހުން ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ.
ނިމިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޑެންގީ ހުން ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.
އެގޮތުން 4،400 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
އަދި އޭގެ ކުރިން ޖުލައި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު ވަނީ 194 ކަށް އަރާފައެވެ.
މިއަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު، ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 20 ކޭސް އިތުރަށް ރިޕޯޓުކުރިއިރު އެޗްޕީއޭއިން ބުނީ، ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީ ހުން އިތުރުވެފައިވާ ކަމަށެވެ.

