ގދ.ހޯނޑެއްދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފިއެވެ.

އެ ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދެކެެވެ.