ރާއްޖެއިން މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދު ސަފީރު ކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ދަރަމްބީރު ގޮޚޫލްއަށް އަރުވައިފިއެވެ.

މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ އެ ގައުމުގެ ރިޔާސީ ޕޯޓް ލުއިސްގައި ހުންނަ މޮރިޝަސްގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން މޮރިޝަސް ކަނޑައެޅާފައި ހުންނަވާ ސަފީރު ވަނީ ސަފީރު ކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސަށް އަރުވާފައެވެ.

ސަފީރު މަސްއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާރާތްޕުޅުން އެ ގައުމުގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މޮރިޝަސްގެ ރައީސް ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ކަމީޔާބީއަށް އެދިލައްވާފައެވެ.