މިދިޔަ ހަފްތާގައި ރާއްޖެ އިން 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ.
ސިނާއީ މަސައްކަތް ކުރާ ރަށްތަކާއި ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 35 ގައި ނަމަވެސް، އަތޮޅުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ކޮވިޑް ކޭހެއް ފެނިފައެއް ނުވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ.
ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 185،280 ގައެވެ.