ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މައި އޮފީސް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ.މުހައްމަދު މުއިއްޒުއެވެ.
ޕީއެންސީގެ މައި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި މީގެ ކުރިން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ޖަގަހަ ހުރި ތަނުގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން އަދި ގިނަ ވަޒީރުންނާއި، ޕާޓީގެ ސަޕޯޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

