ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ކަމުގެ މަގާމަށް، ހ. ހުދުފިނިފެންމާގެ ހަސަން ޝާކިރު މުހައްމަދު މިއަދު އިންތިހާބު ކޮށްފިއެވެ.
އެމަގާމަށް ޝާކިރު އިންތިހާބު ކުރީ، އެ އެކަޑަމީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި، ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
މިމަހުގެ 15 ވަނަ ދުވަހު އެކަޑަމީގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޝާކިރު އައްޔަން ކުރެއްވީވެސް، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޑރ. އަޝްރަޕް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއައި ބަދަލާ ގުޅިގެން އެކަޑަމީގެ ނާއިބު ރައީސްގެ ގޮތުގައި އައިވެސްް ހުންނެވީ 2021 ވަނަ އަހަރުން ފެށިގެން އެ މަގާމު އަދާކުރައްވަމުން ގެންދަވާ، ޅ. ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމްއެވެ.

