ޓެކްސް ބޮޑުކުރަން އުޅެނީ އިގްތިސާދު މެނޭޖް ނުކުރެވިގެނެއް ނޫން ކަމަށާއި، ޓެކްސް ނެގުމަކީ އިގްތިސާދަށް ފައިދާވެ، އާމްދަނީ ރަނގަޅުވާނެ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވަނީ، ކުރިއެކޭވެސް އެއްފަދައިން މަޝްރޫއުތައް ހިނގަމުންދާނެ ކަމަށް ވިދާޅުވެ، މިހާރު ވެސް އެތައް ބިލިއަން ރުފިޔާ އެއް ޚަރަދު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އިގްތިސާދު ކުރިއެރުވުމަށް ޓެކްސް ނެގުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މި ދަނޑިވަޅުގައި ޓެކްސް ކުޑަކުރަން ހަދައިގެން އިގްތިސޯދީ ގޮތުން ނޭދެވޭ އަސަރުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޓެކްސް ނަގަނީ އިގްތިސޯދު މެނޭޖްކުރަން ކަމަށް މިއުވާން ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއެކު ޖީއެސްޓީން އިތުރުވާނީ 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން އިތުރުވާނީ 2.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޖީއެސްޓީއަށް ގެންނަ ބަދަލާއެކު އިންފްލޭޝަނަރީ ޑައިރެކްޓް އެއް އިންސައްތަ ކޮންޓްރިބިއުޓްކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.