ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޝުޖާތާ އިސްތިއުފާ ދެއްވިއިރު، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ، އެކަމާ ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ފަސް ބޭފުޅަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެގޮތުން ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު، މި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވިއިރު، އެ އޮފީހުގެ ބޯޑު މެންބަރުގެ މަގާމުން ސަރުވަޝް އާދަމްވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފައެވެ.

އަދި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީވެސް ވަނީ މީގެކުރިން އިސްތިއުފާ ދެއްވައިފައެވެ.

ޕެންޝަން އޮފީހުން އިއްޔެވަނީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ނިންމައިފައެވެ.