ހއ. ދިއްދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 78 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.
މި މަޝްރޫއުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ”LEIV EIRIKSSON“ ނަމަކަށް ކިޔާ ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ދިއްދޫ ބިންހިއްކުމުގެ މި ބިޔަ މަޝްރުގެ އަމަލީ މަސައްކަތް އެމްއޭސީއެލް އިން ފަށާފައިވަނީ 5 ޖެނުއަރީ 2026 ގައެވެ.
މި މަޝްރޫއުއަކީ ދިއްދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުއެކެވެ.
ޕްރޮޖެކްޓުގެ ދަށުން ހުރި މަސައްކަތްތައްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

