އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މައުލޫމާތުދޭ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވެއެވެ.
އަދި އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް އީސީން ބުނެއެވެ.
ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެއެވެ.
އީސީން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމުކޮށްފައެވެ.
އެ ބިއުރޯއަށް މިހާތަނަށް ހަތަރު ޝަކުވާ ހުށަހަޅާފައިވާ އިރު، އެ ޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
އެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.
އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ.
އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.

