ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ: މެޓު

މެޓު އޮފީހުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި ދެކުނަށް ދުންފުހުގެ އަސަރު ކުރަމުން އަންނަކަމަށާއި ދުރު ފެންނަ މިންވަރު ތިން ކިލޯ މީޓަރަށްވުރެ ދަށުން ރިޕޯޓު ކޮށްފައިވާކަމަށެވެ.

މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އިލްތިމާސްކޮށްފައެވެ.