ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ”ރަންދިހަފަހެއް“ ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެ، އެ ނޫޓުގެ އާ ސްޓޮކެއް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބާޒާރުގައި ފައިސާގެ ދައުރުވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވެސް ފަސް ރުފިޔާ އާއި ދިހަ ރުފިޔާ، 20 ރުފިޔާ އަދި 50 ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ.

ނޫޓުތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ.