ހދ.ކުޅުދުއްފުށި ސިޓީގައި ގާއިމްކޮށްފައިވާ މޯލްޑިވްސް އމިގްރޭޝަންގެ އާ އޮފީސް ހުޅުވައިފިއެވެ.
އޮފީސް ހުވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާންއެވެ.
މި އާ އޮފީހާއެކު ކުޅުދުއްފުށީގައި މަސައްކަތްކުރާ އިމިގްރޭޝަންގެ މުވައްޒަފުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލަށް ކުރިއެރުން އައިސް، އެ ސަރައްދުން އިމިގްރޭޝަންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހެވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ފަސޭހައިން ދިވެހި ރައްޔިތެއްކަން އައްގައިދޭ ކާޑާއި، ޕާސްޕޯޓް ލިބޭނެ މަގު ހަމަޖައްސައިދިނުކީ ރާއިސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ އދ މަހިބަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ މިވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ޕާސްޕޯޓާއި، އައަޑީ ކާޑުގެ ހިދުމަތް ގާއިމްކޮށް ނިންމާފައެވެ.

