މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ލިބިއްޖެއެވެ.

އަހަރުގެ ޒުވާން ފިރިހެން ކުޅުންތެރިޔާގެ ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިބަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ. އޭނާ ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައެވެ.

މި ކެޓަގަރީން ތިންވަނަ ހޯދާ އޭނާ ވަނީ ބްރޯންޑް އެވޯޑް ހޯދާފައެވެ. އުމައިރަށް މި އެވޯޑް ލިބުނި ހަފްލާފައި ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި އުމައިރާ އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއެވެ.

މިއީ ސްޕޯޓްސް އެވޯޑްސްގެ އެވޯޑެއް ރައީސެއްގެ ދަރިކަލަކު ހޯދި ފުރަތަމަ ފަހަރެވެ.

ރައީސްގެ ދަރިކަލުންނަށް މި އެވޯޑް ލިބުމުން އެކަމާ ބަޔަކު ފާޑުކީ ކަމުގައި ވިޔަސް އޭނާ ވަނީ އެދާއިރާއިން ގިނަ ކާމިޔާބީތަކެއް ފާއިތުވި އަހަރު ތަކުގައި ހޯދާފައެވެ.

ފާޑު ކިޔާމީހުން އެކަން ކުރި ކަމުގައި ވީނަމަވެސް ރައީސްގެ ދަރިކަލުންނަށް ވިޔަސް ހުނަރު ހުރި ނަމަ އެވޯޑް ނުލިބެންވީ ސަބަބެއް ނެތްކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.