އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ދިވެހިރާއްޖޭގައި ހުންނަ އަޒްހަރު މިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އަޒްހަރު މިޝަނާއި ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ވުޒާރާއިން މިހާރު ކުރަމުންދާ މުހިއްމު މަސައްކަތްތަކާއި، މީހުން ބިނާކުރުމަށް ހިންގަމުންދާ އެކި ޕްރޮގުރާމުތަކުގެ މައުލޫމާތު އަޒްހަރު މިޝަންގެ ބޭފުޅުންނާއި ހިއްސާ ކުރައްވާފައިވެއެވެ.