މާލޭގެ ޔޫސުފުލް ބަރުބަރީ މިސްކިތް ހުޅުވުން ފަސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ، އެ މިސްކިތް، މި މަހުގެ 16 ވާ ހޯމަ ދުވަހުގެ އަސުރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށެވެ.

އެހެންނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަހުން ވިދާޅުވީ، އެ މިސްކިތް ރަސްމީކޮށް ހުޅުވުން 18 ފެބްރުއަރީ ވާ ބުދަ ދުވަހުގެ އަސުރު ނަމާދަށް ފަސްކުރެވިފައިވާކަމަށެވެ.

ނަމަވެސް، މިސްކިތް ހުޅުވުން ފަސްކުރެވިފައިވާ ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.

ބަރުބަރީ މިސްކިތަކީ، ތިން ފަންގިފިލާއަށް ބިނާކުރެވިފައިވާ، އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭ ޒަމާނީ މިސްކިތެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ އަށް މިސްކިތެއް ހުޅުވުމަށެވެ.