ރަމަޟާން މަހަށް ހާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީީސީ) އިން ގާއިމުކުރި ރޯދަ މާރުކޭޓު ހުޅުވައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމު ކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.
އެޗްޑީސީން ބުނީ، އެ މާރުކޭޓަކީ، މި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރައްގީކުރި މާރުކޭޓެއް ކަމަށެވެ.
އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައްވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އަދި އެ މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލެއެވެ.