ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނުނު އިތުރު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Asuru

މިގޮތުން މިއަދު ހުކުމްކޮށްފައި ވަނީ، ކަސްޓަމްސްގެ މުވައްޒަފެއް ކަމުގައިވާ، މަހުމޫދު ރިޔާޒް ކިޔާ މީހެއްގެ މައްޗަށެެވެ.

މަހްމޫދު ރިޔާޒްގެ މައްޗަށް ހުކުމްކޮށްފައިވަނީ އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެގެން، ތިން މަހަށް ޖަލަށް އަދި ހަތް މަހު ގޭބަންދުކޮށްފައި ބެހެއްޓުމަށެވެ. މި މައްސަލައިގައި އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ.

އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު ވާހަކަތައް ހިމެނޭތީ މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ.