ފޯޅަވަހީގެ މައްސަލައިގައި ދިވެހި ސަރުކާރުތަކުން އަމަލު ކުރަމުން އައި ގޮތް، ބަދަލު ކުރި ކުރުމަކީ ވެރިޔަކު އަމިއްލަ މަސްލަހަތަށްޓަކައި ވެފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރަހައްދުތައް ހިމާޔަތް ކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށެވެ. އަދި ފޯޅަވަހީގެ ސަރަހައްދު ދޫކޮށްލިއިރު، ގާނޫނީ އެއްވެސް ހުއްޖަތެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެއްކިފައި ނުވާ ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ފޯޅަވަހީގެ މައްޗަށް މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން އެއްބަސްވެފައިވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި މައްސަލައިގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވިކަންވެސް ހާމަވެފައިވަނީ އިޓްލޮސްގައި ވަކާލަތުކުރައްވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު، އެކަން ހާމަ ކުރެއްވުމަށް ފަހުގައެވެ.