ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

މި މަޝްރޫއުގެ އަގަކީ 26.07 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފައިވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް 30 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯރކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު، އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.