އަތޮޅު ތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ރަށްތަކަށް ފޮނުވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ރާއްޖެއަށް 56 އެމްބިއުލަންސް ގެނައުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.

މި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފެށީ 17 ޖަނަވަރީ 2026 ގައެވެ. އަދި މި މަސައްކަތް އެ ކުންފުނިން އެއްކޮށް ފުރިހަމަކޮށްފައިވަނީ 14 ފެބްރުވަރީ 2026 ގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރަށް މި އަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި، އެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.