ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް، ރިޔާސީ ކެމްޕެެއިނުގައި އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހުރިހާ ފިކުރެއްގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެ ކަަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އައްޑޫ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާން ހީނާ ވަނީ، ރައީސް ޔާމީންގެ ދަތުރުފުޅުގައި، އެމަނިކުފާނަށް ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، އައްޑޫ ސިޓީގެ ތަރައްގީއަށް، އަދި އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ސާފު ކުރައްވާނެ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ދަތުރުފުޅުގެ އެންމެ ބޮޑު އެއް އަމާޒަކީ، ހުރިހާ ފިކުރެއްގެ މީހުންގެވެސް ހިޔާލު ހޯއްދަވައިގެން، އައްޑޫއަށް އެންމެ ބޭނުންވާ ކަންކަން އޮޅުންފިލުއްވުން ކަމުގައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ރައީސް ޔާމީން ފައްޓަވާފައިވާއިރު، އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ އާދިއްތަ ދުވަހުއެވެ. އަދި މިމަހުގެ ނުވަ ވަނަ ދުވަހު އައްޑޫ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު ފުވައްމުލަކު ސިޓީއަށާއި ގދ. އަތޮޅަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
ދެން ވެރިކަން ލިބުނަސް ވެރިކަން ކުރާނީ ފާތުމަ..ތިމާކުޅޭނީ ތާސް..ފޮށިފޮށީގައި ގެއަށް ފާތުމަ ފައިސާ ވައްދަދޭނެ…އިންޓެލިޖެންސް ރިޕޯޓު ނުލިބޭތާ ހަމަސް ވެއްޖެއޭ ބުނި މީހާނު ޔާމީނަކީ..ކަނޑުކޮސް..