އެމްޑީޕީގެ ތެރޭގައި އެހެން ޕާޓީއެއްގެ ފެކްޝަނެއް ނެތް ކަމަށާއި އޮތީ ކުޑަވަރެއްގެ މުސީބާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވައްޑެ މިހެން ވިދާޅުވީ އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ވައްޑެ ވިދާޅުވީ އެމްޑީޕީއަށް ކުރިމަތިވެފައިވާ މުސީބާތް އެމްޑީޕީ ތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިހާބު ފަހު ބުރު ކަމަށް ވިދާޅުވިއެވެ.

ވައްޑެގެ ޓްވީޓުގައި ވަނީ ރޮޒައިނާ އާއި ފިރިކަލުން ނާޝިޒް އެމްޑީޕީއަށް ސޮއިކުރެއްވި ރޭގެ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ.

ވައްޑެގެ ބަހުގެ ހަމަލާތަކެއް ރޮޒައިނާ އަށް އަމާޒުކޮށްފައިވާއިރު، މިފަހުން ޗާގޯސްގެ މައްސަލައިގައިވެސް އެމްޑީޕީގެ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.