އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަޝްރޫއުއަކީ ފައިސާ ނެތިގެން ނުހިންގާ ދޫކޮށްލާނެ މަޝްރޫއުއެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިއުވާން ވަނީ، ބަޖެޓްކޮށް ފައިސާ ހަމަޖެހި އެ މަޝްރޫއުގެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށެވެ.

މިއުވާން ވިދާޅުވީ އަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫއު ބަޖެޓުގައި ހިމެނޭ ކަމަށާއި ބައު ޖަމާލުއްދީން ހުރި ބިމުގައި، އަޅާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، އެތަނާ ޖެހިގެން އަޅާ، ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން ޢިމާރާތަށް ޖުމުލަ 168 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގައި އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން މިހާރު ވެސް މަސައްކަތް ކުރިޔަށްދާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.