މިއަދު ފާހަގަ ކުރާ، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޙުނިޔާ ވިދާޅުވެއްޖެެއެވެ.
އެ މަނިކުފާނުގެ ފޭސްބުކް، އަދި ޓްވިޓަރގެ ރަސްމީ އެކައުންޓުތަކުން ކުރެއްވި ޕޯސްޓުގައި ވަނީ، ”އެންމެ ބޭފުޅުންނަށް ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން“ ކަމަށެވެ.
Enme beyfulhunnah Nasruge Dhuvahuge thahniya dhannavan
— Mohamed Nasheed (@MohamedNasheed) November 3, 2022
ނަޞްރުގެ ދުވަހާ ގުޅިގެން، ފާއިތުވި އަހަރު ރައީސް ނަޝީދު ޓްވީޓު ކުރައްވާފައި ނުވާތީ ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން، މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ޓްވީޓް ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ، ޝަހީދުންގެ ޒިކުރާ އާ ކުރައްވާ ކަމުގައެވެ.