ބޭނުންވާތަކެތި:

  • 2 ބިސް
  • 5 މޭޒުމަތީ ސަމުސާ ގެރިކިރު
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 1 މޭޒުމަތީ ސަމުސާ ބަޓަރ (ނޫނީ ތެޔޮ)

ހަދާނެގޮތް:

ބިހާއި ގެރިކިރާއި ވެނީލާ އެސެންސް ބޯތަށްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ތަވައެއް އުދައި އޭގައި ބަޓަރު ކޮޅެއް ނުވަތަ ތެޔޮކޮޅެއް އުނގުޅާލާށެވެ. ގިނި ބަހައްޓާނީ މެދުމިނުގައެވެތަވާ ހޫނުވުމުން އެއްކުރި އެތީގެ ¼ ޖޯޑެއް ހާ އެތިކޮޅެއް ތަވައަށް އަޅާލާށެވެ. ބޭނުމިއްޔާ ސަމުސަލެއްގެ އަނެއްފުށް ބޭނުންކޮށްގެން އެ ފަތުރާވެސް ލެވިދާނެއެވެ.

ފޮޅި ފަސޭހައިން ތަވައިން ނައްޓާލެވޭ ވަރަށް ފިހެވުނީމާ ދޭފަތެއް ބޭނުންކޮށްގެން ނަގާށެވެ. ނަގަމުން ފޮޅި އޮޅާ ލެވިދާނެއެވެ. ނޫނީ ތަށްޓަކަށް ނަގާފައި ވެސް އޮޅާލެވިދާނެއެވެ. ބޯތަށީގައި އެއްކުރި ތަކެތި ހުސްވަންދެން މިގޮތަށް ފޮޅިތައް ފިހަމުން ގެންދާށެވެ.

މަސްދަރު: ލޮނުމެދު.ކޮމް