–  ليلة القدر ވިލޭރޭ.

–  ރޭގަނޑު ދަންވަރުގެ ފަހުބައި.

–  ކޮންމެ ފަރުޟު ފަސްނަމާދެއްގެ ފަހުގައި.

–  ބަންގި އާއި ގަމަތާއި ދެމެދު.

–  ފަރުޟު ފަސްނަމާދަށް ގޮވާލެވޭހިނދު.

–  ވާރޭ ވެހޭ ހިނދު.

–  ހަނގުރާމައިގައި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލާ ހިނދު.

–  ހުކުރު ދުވަހުން ބައެއްގައި. ( އެންމެ ރާޖިޙު ގޮތްތަކުގެ ތެރޭގައި : * އެއީ ހުކުރު ދުވަހުގެ އަސުރު ވަގުތުގެ ފަހުބައިގައި ކަމަށް ބުޚާރީ އާއި މުސްލިމްގެ ރިވާޔަތުގަ ވާރިދުވެގެންވޭ.     * ނުވަތަ އިމާމް މީހާ މިންބަރަށް އަރައިވަޑައިގެން އިށީންނަ އިރުން ފެށިގެން ނަމާދު ނިމެންދެންނެވެ.)

–  ސަޖިދައިގައިވާ ވަގުތު.

–  ރޭގަނޑު ނިދިންހޭލާއިރު ކުރެވޭ ދުޢާ (لَا إِلهِ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ المُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. الحَمْدُ لِلهِ، وَسُبْحَانَ اللهِ، وَلَا إِلهَ إِلَا اللهُ، وَاللهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ. ދެން ކިޔާނީ : اللَّهُمَّ اغْفِرْ لِيْ ނޫނީ ކުރަންބޭނުންވާ ދުޢާއެކެވެ.)

–  ތެދުވެރި ނިޔަތަކާއެކު ޒަމްޒަމް ފެން ބޯހިނދު ކުރާ ދުޢާ.

–  މިފަދައިން ދުޢާކުރުމުން ( يونس عليه السلام ބޮޑުމަހުގެ ބަނޑުގަވަނިކޮށް ކުރެއްވިދުޢާ ) لَا إِلهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنِ.

–  ޢަރަފާތު ދުވަހު ކުރެވޭ ދުޢާ.

–  މުޞީބާތެއް ދިމާވާހިނދު ކެތްތެރިވެ ، އެކަމަށް އަޖުރުލިބުމަށް އެދި ބަދަލުގައި ރަނގަޅު ގޮތެއް މެދުވެރިވުމަށް ކުރާ ދުޢާ إِنَّا لِلهِ وَإِنَّا إِلَيْهِ رَاجِعُوْن، اللَّهُمَّ أَجُرْنِيْ فِيْ مُصِيْبَتِيْ، وَ أَخْلِفْ لِيْ خَيْراً مِنْهَا.

–  މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް ކުރާ ދުޢާ.

–  ދަތުރުކުރާއިރު ދަތުރުވެރިޔާގެ ދުޢާ.

–  ރޯދަވީއްލާއިރު ކުރެވޭ ދުޢާ.

ނޯޓު: މިއީ ”ދި ސަލަފިއްޔާ“ އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.