ރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން، އެ ދުވަހަކީ ”ސިއްކަ ދުވަސް“ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާ ގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު މިއަދު އެކަމަށް ރައްދު ދެއްވައިފިއެވެ.

Ads by Asuru

ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮބެވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ސިއްކަ އަހުމަދު މަނިކާ ގުޅުވައި އޭނަގެ އަބުށް އަރައިގަތުން އެއްގޮތަކަށް ބަލައެއްނުގަނެވޭނެ ކަމަށެވެ.

”އޭނާއަށް އިންތިހާ އަށް އަނިޔާކޮށް މަރުގެ ތުންފައްޗަމަށް ގެނެސް އޭނަގެ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް.“ ނަޝީދު ވިދާޅުވިއެވެ.

ސިއްކަ އަހުމަދު މަނިކަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕައެވެ. އޭނާ އަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އެއް ފަރާތެވެ.