ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަަމަށް މެޓް އޮފީހުން ބުނެފިއެވެ.

Ads by Asuru

އުދަ އަރާނެ ކަަމަށް ލަފާކޮށް، މެޓުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށް ވައިޓު އެލާޓުވެސް ނެެރެފައެވެ.

މިއަދު ނެރުނު އެލާޓްގެ ވަގުތަކީ ހެނދުނު 08:45 އިން ފެށިގެން މެންދުރު 01:30 އާ ހަމައަށެވެ.

މެޓުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ރާޅުގެ އުސްމިން ފަސް ފޫޓަށް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

މާލެއަށްވެސް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެއެވެ. މިގޮތުން އުދަ އެރުމުގެ ސަބަބުން، ކާނިވާ ސަރަހައްދުގައި ފެންބޮޑުވެ، އެ ސަރަހައްދުގައި ހުރި ރެސްޓޯރަންޓްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ.