ދެ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެެއެވެ.

Ads by Asuru

މި އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވަނީ މަގޫދޫ ސްކޫލު، ކަލައިދޫ ސްކޫލު އަދި މާލޭ އިމާދުއްދީން ސްކޫލުގައެވެ.

ބައި އިލެކްޝަން ކުރިއަށްދަނީ ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ދެ ބައި އިލެކްޝަންސްގެ ވޯޓުލުން ހެނދުނު 08:00 އިން ފެށިގެން ކުރިއަށްދާ ކަަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 04:00 އާހަމައަށް ކުރިއަށްދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.