މިދުވަސްވަރު މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންދާތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފިއެވެ،

Ads by Asuru

މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ގަޑީގައި މާލޭގެ ކާނިވާ ސަރަހައްދަށާއި ބޮޑުތަކުރުފާނު މަގަށްވެސް  ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

މާލެއަށް އުދައެރުން ކޮންޓްރޯލްވުމުން އުދައަރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އުތުރާއި މެދުރާއްޖެ ތެރެއަށް ރަނގަޅު ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއި ގުގުރުން އެކަށީގެންވެއެވެ.