އަރަބިއްޔާ ސްކޫލްގެ ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދާއި ހަވާލުކޮށްފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީންބުނީ އެ ސްކޫލްގެ ހިންގުމާއި އިސްކަންދަރު ޕްރިންސިޕަލް ހަވާލުވެވަޑައިގެންނަވާނީ މާދަމާއިން ފެށިގެން ކަމަށެވެ.

މި ބަދަލަކީ ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެ ސްކޫލަށް އާ ޕްރިންސިޕަލަކު އައްޔަން ކޮށްފައި މިވަނީ މިހާތަނަށް އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމަށް ފަހުއެވެ.