މި ސަރުކާރުގެ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަކީ ގަމާރުން ކަމުގައި ދެކުން ކަމަށް ސަލަފު ޖަމުއިއްޔާގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ބަދަލު ކުރި މައްސަލައިގައި ސަރުކާރަށް އެތައް ބައެއްގެ ނުރުުުހުން އަމާޒުވުމާ ގުޅިގެންނެވެ.
Mi sarukaaruge enme bodu eh massala akee, rayyithunnakee gamaarun thakeh kamah dhekey dhekun. pic.twitter.com/YG66kyf2VD
— Ali Rameez (@aliramyz) November 6, 2022
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު މަގާމުން ވަކިކޮށް، އެތަނުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދާ ހަވާލު ކުރިއިރު، ސަރުކާރުން ބުނަނީ ޝުޖާއު ވަކި ނުުކުރާ ކަމަށާއި، އޭނާ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލު ކުރީ ކަމަށެެވެ.
ޝުޖާއު ވަކިކުރި މައްސަލައިގައި އަޑު އުފުލަމުން އަންނަ ބެލެނިވެރިން ބުނަމުން ދަނީ އެކަމުގެ އަޑީގައި ސިއްރުތަކެއް ވާނެ ކަމަށާއި، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލަކަށް އަރަބިއްޔާ ހިންގަވަން އެނގިވަޑައިނުގަންނަވާނެ ކަމުގައެވެ.
ކަލޭ ހިތުން ކަލޭ ވަރު މީހެއް ނެތް. މިނާފިގު ވިޔަސް ބޮޑު ވަރު.