އޭނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ ފަތިހު 5:30ގައި ހޭލައިގެން، ކަނޑު ދަތުރުކޮށްފައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އޭނާ މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެތަނުގައި ވަގުުން ނުތިބޭތީ ކަމަށާއި، ވަގުން ތިބޭނަމަ، އޭނާ މަގާމުން އިސްތިއުފާ ދެއްވީސް ކަމަށެވެ.

ޖާބިރު ވަނީ ރައީސް ޔާމީން ހައްޔަރުކޮށް، ޖަލުގައި ދެން ތިބި ހުރިހާ ގައިދީން މިނިވަން ކުރުމަށާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރު ކުރުމަށްވެސް ގޮވާލައްވާފައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރާ ކަަމަށްވާނަމަ، އެކަން ރަނގަޅަށް ކުރަންޖެހޭ ކަމަށާއި، ރާއްޖޭގައި ތިއްބަވަނީ އަދުލު އިންސާފު ގާއިމުކޮށް ނުދީ، މީހުންގެ މުދާ ފޭރޭ ފަނޑިޔާރުން ކަަމަށެވެ.