އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

Ads by Asuru

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަހުސް ފެށުމުގެ ކުރިން ވަގުތު އިތުރަން ފެނޭތޯ ބަލަން ވޯޓަށް އަހާފައިވެ އެވެ. ވަގުތު އިތުރު ކުރަން ފާސްވީ37  މެމްބަރުން ތާއީދާއި އެކުއެވެ.

ކޮންމެ މެމްބަރަކަށް ފަނަރަ މިނެޓުގެ ފުރުސަތު ދޭން ނިންމާފައިވާއިރު ބުރާސްފަތި ދުވަހާއި އެކު ހުރިހާ މެމްބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ދޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބަޖެޓު ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އީވާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓު ބަހުސްގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.