އުރީދޫއިން ބުނީ މި ހަތަރު ނަސޭބުވެރިންނަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ލިބިގެންދާނެ ކަމަށެވެ.

Ads by Asuru

އުރީދޫ ފުޓްބޯޅަ ފޯރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު 1 އޮގަސްޓް 2022 އިން ފެށިގެން 31 އޮކްޓޯބަރ 2022 ގެ ނިޔަލަށް އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް އެ ކުންފުނިން ހުޅުވާލިއެވެ.

އަދި އެ ލަކީޑްރޯގެ ނަސީބުވެރިން ހޮވައި ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯ ގައި ލައިވްކޮށް އިއުލާނުކޮށްފައިވަނީ 7 ނޮވެމްބަރ 2022 ވީ ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައި މާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ނަސީބުވެރި ހަތަރު ނަސީބުވެރިން:

1) މަރިޔަމް ޝަބްނަމް

2) އަހުމަދު ޝިހާމް

3) ހާފިޒް ސައީދު

4) ސޮމަރަތްނަ ޔޮޑަގެ

”މި އަހަރުގެ ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗު ގެ ފޯރި ލައިވްކޮށް ގަތަރުގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނު 4 ނަސީބުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާ ކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުމަށް. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ޙަރަކާތްތައް ރާވާމުން. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރާއިގެ މީހުންނަށް ވެސް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕަކަށް އުއްމީދުކުރަން“ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަތަރު ނަސީބުވެރިންނަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަނާއި ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބެލުމަށް ސްޓޭޑިއަމް ޓިކެޓް ލިބޭނެ އެވެ. ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ ހިތްގައިމު އިނާމުތައް ދެމުންނެވެ.

މި ލަކީޑްރޯ ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި އަދި މަޖާ ވޯލްޑް ކަޕް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި 23 މެއި 2022 ގައި ރަސްމީކޮށް ފެށި އުރީދޫ މޯލްޑިވްސްގެ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.